އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށް، އޭނާ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭޕްތައް ނައްތާލައިފިއެވެ.

ފުލުހުން އިއްޔެ ބުނީ މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޗައިއޮން، (34އ) އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރި އިރު 959 ނެނޯ ސްޓިކާއި 34 ފްލޭވާ އާއި ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާ ކަމަށެވެ.

ޗައިއޮން އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ވޭޕްތައް ގަަވައިދާ އެއްގޮތަށް އިއްޔެ ދޫނިދޫގައި ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.