ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އިން މިއަދު ފަށާތީ ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް) އަށް ބަދަލުކުރުމާ ގުޅިގެން ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ބަދަލަކީ ޑޮމެސްޓިކް ޓާމިނަލަށް އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް އާ ޓާމިނަލްގެ ޓެކްސީ ކިއުއަށް އަރަން ޖެހޭ ގޮތް ހެދުމެވެ.

ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް

  • ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެންދާ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމައްޗަށް
  • ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި ސަރަހައްދަށް
  • އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެއް
  • .ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާ ޓާމިނަލް 1 (އާ ޓާމިނަލް)ގެ ޓެކްސީ ކިއު

އެމްއޭސީއެލުން ބުނީ އެ ބަދަލުތައް ގެނައި ނަމަވެސް އެއާޕޯޓު ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.