އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީންވެސް ވަނީ ރިފްއަތު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައެވެ.
އެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ރިފްއަތަށް ރުހުންދޭން ފެނޭތޯ މިއަދު ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ރިފްއަތު އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު މިވަގުތު ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން