ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
އެ ކޮމިޓީގެ ބައްދަލުވުން އޮތީ މިއަދު 10:30 ގައެވެ.
ކޮމިޓީ ބައްދަލުވުން ފެށުމާއެކު، ކޮމިޓީ މެންބަރު ދާންދޫ ދާއިރާ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ، ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކީ، ވަރައް ގިނަ މީހުންގެ އާއްމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވާ ކަމަށެވެ.
އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދެވެ.
އެހިސާބުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން އޮތްކަމަށް މަޖިލިސް އިދާރާއިން ހާމަ ކުރި އިރުވެސް އެޖެންޑާގައި އޮތީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރުމެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ