ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ޖަންކްޝަން ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގައިފިއެވެ.
ފުލުހުން ރޭ ބުނީ މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 23:15 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިންގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައަސަލަ ތަހުގީގު ކުރަމުންދާ ކަމަަށެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް