މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ނުވައެއްގެ ނިޔަލަށް 303،488 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 288،798 ފަތުރުވެރިންނާ އަޅައިބަލާއިރު މިއީ 5.1 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
ތަފާސްހިސާބުތައް ދައްކާ ގޮޮތުގައި މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 39،132 ފަތުރުވެރިން ވަނީ އައިސްފައެވެ.
އެންމެ ގިނަ ފަތުރުވެރިން އައި އެހެން ގައުމުތައް:
- ރަޝިއާ: 36،565 ފަތުރުވެރިން
- އިޓަލީވިލާތް: 30،656 ފަތުރުވެރިން
- އިނގިރޭސިވިލާތް: 27،864 ފަތުރުވެރިން
- ޖަރުމަނުވިލާތް: 18،630 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު 8،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ސަރުކާރުން މި އަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް