ޗައިނާގެ ހޮންގްކޮންގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން މިއަދު ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.
ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެ އައި 174 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮން އިން ސީދާ މާލެއަށް, ކޮންމެ ދުވަހަކު އެއް ދަތުރު ކަމަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮން އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް