ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ހޮފެންހެއިމް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗަށް ބަޔާނުން ނުކުތީ އެންމެ ރަނގަޅު ފޯމެއްގައި އޮވެގެންނެއް ނޫނެވެ. އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ބަޔާނަށް މޮޅެއް ހޯދިފައި ނުވާ އިރު، އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށްވެސް މިދިޔަ މަހު ވަނީ ނިމުން އައިސްފައެވެ. އެ ފޯމު ރަނގަޅު ކުރުމަށް ނުކުމެ، ރޭ ބަޔާނުން ހޮފެންހެއިމް ބަލިކުރީ 5-1 އިންނެވެ.

މެޗުގެ ކުރީކޮޅުގައިވެސް ބަޔާނުން ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، 17 ވަނަ މިނެޓުގައި ހޮފެންހެއިމްގެ ކެވިން އަކްޕޮގޫމާއަށް ރަތެއް ދައްކާފައިވެއެވެ. އެއީ ލުއިސް ޑިއާޒަށް ކުރި ފައުލެއްގައެވެ. އެ ފައުލުން ލިބުނު ޕެނަލްޓީގައި ހެރީ ކޭން ބަޔާނަށް ލީޑު ނަގައިިދިން އިރު، އޭގެފަހުން ހޮފެންހެއިމްގެ ނުރައްކާ ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން އަންދްރޭޖް ކްރަމަރިޗް ގޯލެއް ޖަހައި އެއްވަރުކުރި ނަމަވެސް، ހާފު ނިމުމުގެ ކުރިން އިތުރު ޕެނަލްޓީއެއްގައި ކޭން ބަޔާނަށް ލީޑު ނަގައިދިނެވެ. އަދި ދެވަނަ ހާފުގައި ލުއިސް ޑިއާޒްގެ ހެޓްރިކެއް ފެނިގެން ގޮސްފައިވާ އިރު، ބަޔާނުން ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރިއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ 21 މެޗުން 54 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ބްރޫޝިއާ ޑޯޓްމުންޑް އޮތީ 21 މެޗުން 48 ޕޮއިންޓާއެކުގައެވެ.