ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ކޯޓުތަކުގެ ހިދުމަތްތަކަށް އީފާސް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ޝަރުއީ ދާއިރާގެ އަމާޒެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ގަޟާއީ އަހަރު 2026" އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ހަރުދަނާކަމާއެކު ކުރިއަށްގެންދާނެ ކަމަށެވެ.
މިއީ ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުތަކާ އެއްގޮތަށް އެ ފެންވަރުގައި ދެވޭ ހިދުމަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި އެކުލާލާފައިވާ އިސްތިރާޖީ ޕްލޭނެއް ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގެ ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓުގެ މޮޑިއުލްތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމާނެ ކަމަށެވެ. އަދި އޭގެފަހުން އަތޮޅުތެރޭގެ އާބާދީ ބޮޑު ސަރަހައްދުގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.
"މާތްﷲ އިރާދަފުޅާއެކު އެ މަސައްކަތް ނިމުމުން ޝަރުއީ ކޯޓުތަކަކީ ކަރުދާސް ބޭނުންނުކޮށް ޑިޖިޓަލްކޮށް ހިދުމަތްދޭ ދާއިރާއަކަށް ބަދަލުވެގެންދާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޒަމާނުއްސުރެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށް މެނުއަލްކޮށް ކުރަމުންދާ މަސައްކަތް، އެކަމަށް ހާއްސަ ޑޭޓާ ބޭސްއެއް މެދުވެރިކޮށް ޒަމާނާ އެއް ހަަމަކޮށް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"މި މަސައްކަތް ނިމުމުން މިހާރު މެނުއަލްކޮށް ދޭ ހިދުމަތަށް ހޭދަވާ ހަތް ދުވަހުގެ މުއްދަތު އެންމެ ދުވަހަކަށް ކުރުވެގެންދާނެ،"
އޭގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ހުށަހަޅާ ބަޔާންތަކާއި ދައްކާ ވާހަކަ ބަހުން ބަހަށް ތާނަ އަކުރުން ލިޔުމުގެ މަސައްކަތް އަލުން ހާއްސަ އިސްކަމެއް ދީގެން މިއަަހަރުގެ ތެރޭގައި ފެށުމަށް ޖޭއެސްސީއަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އާއިޝަތު މާހާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ