އިންޑޮނޭޝިއާގައި މިއަދު ނިމިގެން ދިޔަ އޭޝިއަން ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އިރާނުން ހޯދައިފިއެވެ.
އިންޑޮނޭޝިއާ އެރީނާގައި، އެގައުމާ ދެކޮޅަށް އިރާނުން ކުޅުނު އޭޝިއަން ފުޓްސަލް ކަޕްގެ ފައިނަލް މެޗުގައި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގައެވެ. އެއީ ފުރިހަމަ ވަގުތު ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް 5-5 އިން މެޗު އެއްވަރުވުމުންނެވެ. ޕެނަލްޓީގައި އިރާނުން 14 ވަނަ ތަށި ޔަގީންކުރީ 5-4 ގެ ސްކޯއަކުންނެވެ.
މިއަދުގެ ފައިނަލަކީ އިންޑޮނޭޝިއާއަށް އޭޝިއާ ލެވެލްގައި ފުރަތަމަ ފައިނަލެވެ. އެޓީމުން ނުކުތީ އޭޝިއާގެ ފުޓްސަލް ރަސްކަން ކުރަމުން އަންނަ އިރަނާ ދެކޮޅަށެވެ. އިރާނުން މިހާތަނަށް ރެކޯޑު 14 ތަށި ހޯދާފައިވާ އިރު، އެޓީމުން ވަނީ ތަށި ދިފާއުކޮށްފައެވެ. އެންމެފަހުން 2024 ވަނަ އަހަރު ފައިނަލުގައި ބަލިކުރީ އެފަހަރުގެ ހޯސްޓް ތައިލެންޑެވެ.
އޭޝިއާގެ ފުޓްސަލް ޗެމްޕިއަންކަން އިރާނު ފިޔަވާ ދެން ހޯދާފައިވާ ހަމައެކަނި ޓީމަކީ ޖަޕާނެވެ. އެޓީމުން ވަނީ ހަތަރު ފަހަރު އޭޝިއާގެ ތަށި ހޯދައިފައެވެ.
ފޯރިގަދަކޮށް ފެނުނު ފައިނަލުގައި އިރާނުން ވަނީ ތިން ފަހަރު ފަހަތުން އަރައިފައެވެ. އިރާނުގެ ގޯލްތައް ހުސައިން ތޮއްޔިބު، މަހްދީ ކަރީމީ، ސާއިދު އަހުމަދު އައްބާސީ ސަލާ އަގަފޫރް ޖަހައިދިން އިރު، ކަރީމީ ދެ ގޯލް ޖެހިއެވެ.
އިންޑޮނޭޝިއާގެ ގޯލްތައް ޖެހީ ރެޒާ ގުނަވާނާއި އިސްރާރް މެގަންޓާރާ އަދި ސަމިއުލް އެކޯއެވެ. އިސްރާރް މެޗުގައި ހެޓްރިކް ފުރިހަމަ ކުރިއެވެ.
ޕެނަލްޓީގައި އިންޑޮނޭޝީއާގެ ދެ ޕެނަލްޓީ ނާކާމިޔާބުވި އިރު، އިރާން އަތުން ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް