ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ގަސްދުގައި، ހާޒިރުނުވެ، ކްލަބް ގްރީން ސްޓްރީޓްސްއިން މެޗު ފިކްސްކުރުމުގެ އަމަލެއް ހިންގާފައިވާ ކަމަށާއި، އޭގެ ސަބަބުން ކްލަބުގެ ހައްގަށް އަރައިގަނެފައިވާ ކަމަށް ކްލަބު ވެލެންސިއާއިން ބުނެފިއެވެ.
ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެއެވެ. މިހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، މިހަފުތާ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.
އިއްޔެ ގްރީން މެޗަށް ނުކުންނަން އޮތް އިރު، ވެލެންސިއާއަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި އިއްޔެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމައެވެ. އެއީ ވެލެންސިއާއަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލް ކަމަށްވީމައެވެ. އެ ދެޓީމަށްވެސް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ. އެމެޗަށް ގްރީން ނުދިޔުމުން މެޗުން ބަލިވީ 2-0 އިން ކަމަށްވުމާއެކު، އެ ނަތީޖާއާއެކު ގްރީނަށް ވަނީ އޮޓޮމެޓިކް ރެލިގޭޝަން ޖާގައިން ސަލާމަތްވެފައެވެ.
އެމެޗަށް ގްރީންގެ ކުޅުންތެރިން ހަމަ ނުވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.
ގްރީން ސްޓްރީޓްސް ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވެލެންސިއާއިން ފާހަގަކޮށްފައވާ އިރު، ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސްއިން އެޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި އެއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، އެއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފައެވެ.
"ގްރީން ސްޓްރީޓްސްގެ މި އަމަލަކީ ގަސްދުގައި ކްލަބް ވެލެންސިއާގެ ހައްގެއް ނިގުޅައި ގަތުން ކަމަށްވުމުން، މެޗު ފިކްސިންގެ މި މައްސަލަ ބަލައި، ވެލެންސިއާގެ ހައްގު ހޯދައިދިނުމަށް މި ކްލަބުން ފުޓްބޯލް އެސޯސިއޭޝަނަށް ގޮވާލަމެވެ. އަދި، މި މައްސަލަ މި ކްލަބުން ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅާނެ ކަމުގައި ދަންނަވަމެވެ.،" ވެެލެންސިއާގެ ބަޔާނުގައި ބުނެފައިވެއެވެ.
މިހާރު އޮތް ގޮތުން، ވެލެންސިއާ ރެލިގޭޓްވުމާ އެކު އެޓީމުން ވަނީ އެ މައްސަލަ ބަލައިދޭންވެސް އެދިފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު