ސްޕެއިންގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ މަނާކުރުމުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑޫރޯ ސަންޗޭސް ވަނީ، އިއްޔެ ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް ގަވަމެންޓް ސަމިޓުގައި އެގައުމުގެ ކުޑަކުދިން ރައްކާތެރިކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހާމަކުރައްވައިފައެވެ.
ސްޕެއިން ސަރުކާރުން ވަނީ އެގައުމުގެ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ މަނާކުރުމަށް ކަނޑައަޅަންޖެހޭ ގަވާއިދުތައް ކަނޑައަޅައި އެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިފައެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް 16 އަަަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ގައުމަކީ އޮސްޓްރޭލިއާއެވެ. އެގައުމުން ކާމިޔާބު ބަދަލަކަށްފަހު ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އެގައުމުތަކުގައިވެސް ސޯޝަލް މީޑިއާ ބޭނުންކުރުމަށް އުމުރެއް ކަނޑައެޅުމަށް މަސައްކަތް ފަށައިފައެވެ.
ސްޕެއިނުން އެ ގާނޫނަށް ބަދަލު ގެނެސް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފިނަމަ އެގައުމު ވެގެންދާނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެފަދަ ބަދަލެއް ގެންނަ ފުރަތަމަ ގައުމަށެވެ.
މުހައްމަދު އައުޒަމް
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން