އިންޑިއާގެ މުދަލުން ނަގާ ޓެރިފް އެެމެރިކާއިން ކުޑަކޮށްފިއެވެ.

އިންޑިއާގެ މުދަލުން ނަގަމުން އަންނަ ޓެރިފް ކުޑަކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމެވީ ދިގު މަޝްވަރާތަކަކަށްފަހު އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވުމަށްފަހު އެމެރިކާއަށް އިންޑިއާއިން އެތެރެކުރާ މުދަލުން ނަގަމުން އަންނަ 25 އިންސައްތައިގެ ޓެރިފް 18 އިންސައްތަ އަށް ކުޑަކުރަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ޓެރިފް ކުޑަކުރުމަށް ނިންމާފައިވާއިރު ބަދަލުގެ ގޮތުގައި އިންޑިއާއިން އެގައުމަށް އެެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ހުރިހާ ޓެރިފެއް ކަނޑާލުމަށް އެއްބަސްވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއާއި އެމެރިކާގެ ގުޅުން ހީނަރު ވެ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކޮށްފައިވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައާއި ޗައިނާއާ އެކު އިންޑިއާއިން ބާއްވަމުން އަންނަ ގުޅުމުގެ ސަބަބުން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.