ޕާކިސްތާނުގެ ބަލޮޗިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ، ރާއްޖޭން ކުށްވެރިކޮށްފިއެވެ.
މީގެ ދެ ދުވަސް ކުރިން ފެށިގެން ބަލޮޗިސްތާން ލިބަރޭޝަން އާމީ އިން ބޮމާއި ބަޑީގެ ހަމަލާތައް ދީފައިވާ އިރު، އެ ސިޓީން 31 އާންމުންނާއި 17 ސިފައިން ވަނީ މަރުވެފައެވެ.
ގާތްގަނޑަކަށް 40 ގަޑިއިރަށް ކުރިއަށްދިޔަ އެ ހަމަލާތަކުގައި ބަލޮޗިސްތާން ލިބަރޭޝަން އާމީގެ 145 މީީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން އަބަދުވެސް ޓެރަރިސްޓް ހަމަލާތަކާ ދެކޮޅު ކަމަށާއި އެކަމަށް އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.
މިނިސްޓްރީން ވަނީ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ކިޔާފައެވެ. އަދި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބަލޯޗިސްތާނަށް ދެމުންދިޔަ ހަމަލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންޑިއާއިން ކަމަށް އެގަމުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އިންޑިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ޓެރަރިޒަމް
ޓެރަރިޒަމް
ޓެރަރިޒަމް