ތުރުކީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 8 މީހަކު މަރުވެއްޖެއެވެ.

ތުރުކީގެ ދެކުނު ސަރަހައްދު އަނތާލިޔާގެ ހައިވޭއެއްގައި ހިނގައި ދިޔަ އެ ހާދިސާގައި 8 މީހަކު މަރުވެފައިވާއިރު މިހާތަނަށް 26 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެެ.

ބަސް އެކްސިޑެންޓުގައި މަރުވި މީހުންނާއި އަނިޔާވި މީހުންނަކީ ތުރުކީއަށް ނިސްބަތްވާ މީހުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވީ މީހުންގެ ތެރޭގައި ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ބަޔަކު ތިބި ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

34 މީހުންނާއެކު ދަތުރުކުރި އެބަސް އެކްސިޑެންޓު ވުމާއެކު ފުރޮޅިފައިވާ ކަމަށް އެ ޕްރޮވިންސުގެ ގަވަރުނަރު ވަނީ ބުނެފައެވެ.