އެލައިޑް އިންސުރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންއެއް އިއުލާންކޮށްފިއެވެ.

އެލައިޑްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑުން މިއަދު ބުނީ މިޕްރޮމޯޝަންގެ ދަށުން އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަންގަވާ ފަރާތްތަކަށް 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް، ޕޮލިސީ ނަގާ ފުރަތަމަ 41 ބޭފުޅުންނަށް. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނޭ،" އެކުންފުނިން ބުންޏެވެ.

1 ފެބްރުއަރީ 2026: "ރައްކާ 2026" ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން ---ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭންގައި ފުލުހުންނާއެކު އެލައިޑުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ. އަދި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އަދި އެލައިޑުގެ ޗީފް އަންޑާރައިޓިން އޮފިސާ ލުލިއާނާ ރަސެލްއެވެ.

އެލައިޑުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ފުލުހުންނާ ގުޅިގެން އެކުންފުނިން ކުރިއަށް ގެންދާ އެ މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށެވެ.

މި ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެލައިޑުން ދަމަހައްޓަމުންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް އެކުންފުނިން ބުންޏެވެ.

1 ފެބަރުއަރީ 2026: އެލައިޑު ބިލްޑިންގައި ކުރިޔަށްގެންދިޔަ :ރައްކާ ރޯޑްސޯ"ގެ މައުލޫމާތު ކޮމިޝަނާ އޮފް ޕޮލިސް އިސްލާއިލް ނަވީން މީޑިޔާތަކަށް ހިއްސާކުރައްވަނީ ---ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

"މިކަމުގެ ސަބަބުން ގާނޫނާއި ގަވައިދާ އަދި މިކަމުގައި އުޅެންވީ ގޮތާއި ރޯޑް ކޯޓެސީއާ ހުރިހާ އެއްޗެއްސެއް އިނގިގެން ދިއުން. މާލެ މިހާ ކޮންޖަސްޓްވެފައި އޮތްއިރު، ރެއާއި ދުވާލު 24 ގަޑިއިރު މިދަނީ މަސައްކަތް ކުރަމުން. އެވެއާނަސްއަކީ އެންމެ މުހިންމު އެއްކަންތައް. ޓްރެފިކް މައްސަލަތަކުގައި،" ކޮމިޝަނަރު ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި އެލައިޑުގެ އެމްޑީ ވިދާޅުވީ މީގެ ސަބަބުން އެވެއާނަސް އިތުރުވެ އޭގެ ރަނގަޅު ފައިދާތަކެއް ވެފައި އެބަހުރި ކަމަށެވެ.

"ވަކިން ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ލޭންޑް ކަނެކްޓިވިޓީ އަންނަނީ އިތުރުވަމުން. ހަމައެއާއެކި އާބާދީވެސް ގިނަވެ، ވެހިކަލްތައްވެސް މަގުމަތީގައި ގިނަވެ، އެކްސިޑެންޓުތައް ގިނަ ވުމުގެ ފުރުސަތު އެބައޮތް. އެހެންވީމަ މިކަހަލަ ޕްރޮގްރާމެއްގެ ދަށުން، ހޭލުންތެރިކަން އިތުރުކުރެވިއްޖެ ނަމަ ގަބޫލުކުރެވެނީ، އެކްސިޑެންޓުތައް ދިމާވާލެއް މަދުވާނޭ." ލުވެއިޒް ވިދާޅުވިއެވެ.

އެލައިޑުގެ އެމްޑީ ލުވެއިޒް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރައްކާ ޕްރޮގްރާމްތައް މިހާރު ގެންދާ ވަރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.