މިމަހުގެ 27 ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ހަމަޖައްސައި، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އެލައިޑް އިންޝުއަރެންސާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ޑަބްލިއުޓީއޭ 2026 އާ ގުޅޭގޮތުން ކުރިއަށްގެންދާ އިވެންޓް މާކެޓިން ހަރަކާތްތަކުގައި އެލައިޑް އިންޝުއަރެންސްގެ ބްރޭންޑިން ހިމަނާނެއެވެ.
ވީއެމްސީން ނެރުނު ބަޔާނެއްގައި ބުނީ މި ސްޕޮންސާޝިޕަކީ މި ރަސްމިއްޔާތު ބޭއްވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ އިވެންޓެއް ރާއްޖެއަށް ގެނައުމުގައި އަމިއްލަ ދާއިރާގެ ބައިވެރިވުން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، އެންމެ ކުރިއަރާފައިވާ މަންޒިލްތަކާއި ބްރޭންޑްތަކުގެ އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
މި އެވޯޑްގެ 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަންގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ކޮމެންޓް