އެލައިޑުން އައިފޯނު ޕްރޯ މެކްސްއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ.

އެލައިޑުން ބުނީ މިއީ މި އަހަރު އެ ކުންފުނިން ދޭ ދެވަނަ ގިވްއަވޭ ކަމަށެވެ.

އެލައިޑުން ބުނީ މި މަހުގެ 19 ގައި ފެށި ގިވްއަވޭ ކުރިއަށްދާނީ އެ ކުންފުނީގެ އިންސްޓަގްރާމް ޕޭޖުން މި އަހަރުގެ ނިޔަލަށް ކަމަށެވެ.

ގިވްއަވޭގައި ބައިވެރިވެވޭނެގޮތް

  1. އެލައިޑުގެ އިންސްޓްގްރާމް ޕޭޖު ފޮލޯ ކުރުން
  2. އެލައިޑުގެ އިންސްޓްގްރާމް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުން
  3. ކޮމެންޓް ސެކްޝަންގައި ތިން މީހުން ޓެކްކުރުން

އެލައިޑުން ބުނީ އެ ޕޯސްޓު ސްޓޯރީގައި ޝެއާކުރުމަށް ފަހު އެލައިޑް އެމްވީ ޓެގްކުރުމުން ބޯނަސް އެންޓްރީއެއްގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ގިވްއަވޭގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެލައިޑުން ބުންޏެވެ.

އެ ގިވްއަވޭގެ ނަސީބުވެރި ފަރާތް ލައިވް އިވެންޓެއްގައި އަންނަ ޖެނުއަރީ މަހުގެ 14 ގައި އިއުލާނުކުރާނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ މި ގިވްއަވޭއަކީ އެ ކުންފުނީން ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ.