އެލައިޑް އިންޝުއަރެންސުން އިންސްޓަގްރާމްގައި ކުރިއަށްގެންދާ "މިޝަން ޕީއެސް 5" ގިވްއަވޭ ހަރަކާތުގެ ދަށުން ޕްލޭސްޓޭޝަން 5 (ޕީއެސް 5) އެއް ހޯދުމުގެ ފުރުސަތު އެ ކުންފުނީގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ހުޅުވާލައިފިއެވެ.

މި ހަރަކާތަކީ އެލައިޑް އިންޝުއަރެންސްގެ އޮންލައިން ކޮމިއުނިޓީ އިތުރަށް ވަރުގަދަކޮށް، އިންސްޓަގްރާމް ފޮލޯވަރުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގިވްއަވޭ ކުރިއަށްދާނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށެވެ.

މި ގިވްއަވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު ފޮލޯކުރަންޖެހެއެވެ. އަދި "މިޝަން ޕީއެސް 5" ގެ ކެމްޕޭންގެ އޮރިޖިނަލް ޕޯސްޓަށް ލައިކްކުރުމަށްފަހު، ކޮމެންޓް ސެކްޝަންގައި ތިން މީހަކު ޓެގްކުރަން ޖެހެއެވެ.

މީގެ އިތުރުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި "ބޯނަސް އެންޓްރީ" ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ބޯނަސް އެންޓްރީއެއް ހޯދުމަށްޓަކައި ކެމްޕޭން ޕޯސްޓް އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް އެލައިޑްގެ އިންސްޓަގްރާމް އެކައުންޓް، @allied.mv ޓެގްކުރަންޖެހެއެވެ.

މި ގިވްއަވޭއިން ވަނީ ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ޕީއެސް 5 ކޮންސޯލެއް ހަދިޔާކުރުމަށް ނިންމައިފައެވެ. މި ހަރަކާތުގެ ނަސީބުވެރި ފަރާތް ހޮވައި އިއުލާނުކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ގައެވެ.

އެލައިޑް އިންޝުއަރެންސުން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ފޮލޯވަރުންނާއި އާންމުން މި ހަރަކާތުގައި ގިނަ އަދަދަކަށް ބައިވެރިވެ، ރައްޓެހިންނާއެކު މި ފުރުސަތުގެ ބޭނުން ހިފުމަށް ދައުވަތު އަރުވައިފައެވެ. މި ކެމްޕޭނާ ގުޅޭ އިތުރު ތަފުސީލާއި އުސޫލުތައް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.