ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެެއާޕާސަން ކަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ވަނީ އެކަން އެކްސް މެދުވެރިކޮށް ޔަގީން ކޮށްދެއްވައިފައެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ ގުޅޭ ގިނަ ގުނަ މަޝްވަރާތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އެކަމަށް ވެސް "ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލު ނުކުރެވޭ" ކަމަށް ވިދާޅުވެ، އެކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މަގާމުން އިސްތިއުފާ ދެއްވީ އެއީ ގެއްލުން ބޮޑު ކަމެއް ކަމަށް "ޓެކްނިކަލީ" ގަބޫލުކުރެއްވޭތީ ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ ދުރުވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވުން،" ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް