މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ.
ހުޅުލޭގައި ހުންނަ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައި މިއަދާއި މާދަމާ ކުރިއަށްގެންދާ އެ ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދެވެ. އެ ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބައިވެރިވެފައިވެއެވެ.
އެމްއޭސީއެލުން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކޭމްޕް ކުރިއަށްގެންދަނީ މުޅި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެން ކަމަށެވެ.
އޭގެ މަގުސަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް