ބަންގްލަދޭޝް އާއި ޕާކިސްތާނުގައި ވައިގެ ދަތުރުފަތުރު އަލުން ފަށައިފިއެވެ.
ބަންގްލަދޭޝް އާއި ޕާކިސްތާނުން ވައިގެ ދަތުރުފަތުރު އަލުން ފަށާފައިވަނީ 14 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ އިން ފެށިގެން ދެގައުމު ދެމެދު ޑައިރެކްޓް ފްލައިޓުގެ ދަތުރު ފަށާފައިވާއިރު އެއީ ދެގައުމު ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްވެ ވަރުގަދަ ވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އޮފިޝަލުން ބުނެއެވެ.
2012 ވަނަ އަހަރު ފަހުން ދެގައުމުގެ ރައްޔިތުން ވެސް ދަތުރުކޮށްފައިވަނީ ގަލްފްގެ ކޮންމެވެސް ގައުމެއްގައި ޓްރާންސިޓް ވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝް އާއި ޕާކިސްތާނުގައި ވައިގެ ދަތުރުފަތުރު އަލުން ފަށާފައިވަނީ އިއްޔެ ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބިމަން ބަންގްލަދޭޝްގެ ފްލައިޓެއް އެގައުމުން ޕާކިސްތާނުގެ ކަރާޗީއަށް ފެށި ދަތުރާއެކުއެވެ. އެދަތުރުގައި 150 ފަސިންޖަރުން ދަތުރުކުރި ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ކޮންމެ ދުވަހަކު ދެފްލައިޓު ޝެޑިއުލް ކޮށްފައިވާއިރު އެއާލައިންތަކުން ވަނީ އެސެކްޓަގެ ޓިކެޓްތައް ވިއްކަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު