ޗެލްސީގައި ހުރި އިންގްލެންޑްގެ ވިންގް ރަހީމް ސްޓާލިން، ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ސްޓާލިން، 31، ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ދެފަރާތުން އެއްބަސްވެގެން ކަމަށް ކްލަބުން ބުނެފައިވެއެވެ. ސްޓާލިން ޗެލްސީ ދޫކޮށްލަން ނިންމާފައިވާ އިރު، އޭނާއަކީ މިހާރު ކްލަބުގެ ރަސްމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. އޭނާ ސްކޮޑުގައި ނުހިމެނި ހުރީ، މިދިޔަ ސީޒަނުގައި އާސެނަލްގައި ހޭދަކުރީ ލޯން އެއްބަސްވުމަށްފަހުއެވެ.
ސްޓާލިން 2022 ވަނަ އަހަރު ޗެލްސީ އާ ގުޅުނީ މެންޗެސްޓާ ސިޓީންނެވެ. 50 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ސްޓާލިން ޗެލްސީއަށް ގެންދިޔައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއީ ކުރިން ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގު ތަށި ހޯދުމަށްފަހުއެވެ. އެ ޓްރާންސްފާއާއެކު ފުރަތަމަ ކޮޅުގައި ސްޓާލިންނަށް ޗެލްސީ ޓީމުން ޖާގަ ލިބުނު ނަމަވެސް، އެންޒޯ މަރެސްކާ ކްލަބާ ހަވާލުވުމުން މުޅި ހާލަތު ބަދަލުވިއެވެ.
މަރެސްކާ 2024 ވަނަ އަހަރު ކްލަބާ ހަވާލުވެ، ސްޓާލިން ސްކޮޑުން ބޭރުކޮށްލީ، އޭނާ ބޭނުންވާ ކަހަލަ ވިންގް ކުޅުންތެރިއަކަށް ނުވާތީ ކަމަށް ފާޅުގައި ބުނެފައިވެއެވެ. މަރެސްކާ ދާދިފަހުން ޗެލްސީއާ ދުރަށް ދިޔަ ނަމަވެސް، އާ ކޯޗު ލިއަމް ރޮސެނިއާއަށްވެސް ސްޓާލިން ކަމުނުދާ ކަމަށް ނޫސްތައް ބުނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ