އެމެެރިކާގެ މަނަވަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.

އިރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން މެދުއިރުމަތީގައި ތައްޔާރުވަމުން އަންނަ އިރު އެމެރިކާއިން ވަނީ އެގައުމުގެ އެންމެ ބޮޑު އެއް އެއާކްރާފްޓް ކެރިއާ ''ޔޫއެސްއެސް އަބްރަހަމް ލިންކަން'' އަރަބި ކަނޑަށް ފޮނުވައިފައެވެ.

އެމެރިކާއިން ތައްޔާރު ވަމުން އަންނަ އިރު އިރާނުގެ ރެވެލިއުޝަނަރީ ގާޑުގެ ތަރުޖަމާނު މުހަންމަދު އަލީ ނައިނީ ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ތަރުޖަމާނު ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއާއަށް އިރާނުގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަދެވުނަސް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އިރާނުގެ ނޫސްތަކުން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ވަނީ އިރާނުން މިހާރުވެސް ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށާއި ހަމަލާއެއް ދީފި ނަމަ ރައްދުގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ރިޕޯޓުކޮށްފައެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ އެމެރިކާގެ މިލިޓަރީން އިރާނުގެ މިލިޓަރީ ފެސިލިޓީތަކުގެ އިތުރުން އިރާނުގެ ލީޑާޝިޕްގެ އިސްފަރާތްތަކަށް ހަމަލާދީ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އިރާނަށް އެމެރިކާއިން ހަމަލާ ދޭނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ އެއާކްރާފްޓް ކެރިއާ ''ޔޫއެސްއެސް އަބްރަހަމް ލިންކަން'' މިހާރު ވަނީ އަރަބި ކަނޑަށް ވަދެފައެވެ.