އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމެނުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ހިތޯބެއްގައި ޝަފީއު ވިދާޅުވީ އެސްއެސް އިމްތިހާނުގައި ގުރުއާން މާއްދާ ހިމެނުމަށް ނިންމީ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނާމެދު ލޯބިޖެއްސުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މިއަހަރު ޕައިލެޓު ކުރެވިގެންދާނެ ކަމަށެވެ.
"2027 ވަނަ އަހަރުގަ ސާނަވީ އިމްތިހާނުގަ ގުރުއާން މާއްދާ ރަސްމީކޮށް ހިމަނައި، ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށްވަނީ ހަމަޖެހިފަ" ޝަފީއު ވިދާޅުވިއެވެ.
ހިތޯބުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މި ދިރާސީ އަހަރު އާޓިފިޝަލް އިންޓެލިޖެންސަށް، ސްކޫލްތަކުގެ ޓީޗަރުން އަހުލުވެރިކުރުވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށްގެން މިއަހަރު ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާނެކަމަށް ޝަފީއު ވިދާޅުވިއެވެ.
ދަރިވަރުންނަށް ލިބިދޭ ތައުލީމުގެ ފެންވަރު އަދި ތަރުބިއްޔަތު ބިނާވެގެންވަނީ ޓީޗަރުންގެ އިލްމީ ގާބިލުކަމާއި، ހުނަރު އަދި ޓީޗަރުންގެ ފަރާތުން ފެންނަ ނަމޫނާގެ މައްޗަށްކަމަށް ޝަފީއު ވިދާޅުވިއެވެ.
"އެހެންކަމުން، ޓެކްނޮލޮޖީއާއި، އޭއައިގެ މިޒަމާނުގައި، ޝާމިލުވެއްޓެއްގައި އުނގަންނައިދިނުން ކުރިއަށް ގެންދިޔުމަށް ގެންނާން ޖެހޭ ފަހި ބަދަލުތަކަށް ހޭނުމަށް ތިޔަ ލޮބުވެތި މުދައްރިސުންނަށް އިހުލާސްތެރިކަމާއެކު އިލްތިމާސްކުރަން" ޝަފީއު ވިދާޅުވިއެވެ.
ކޮންމެ ދަރިވަރަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ދަރިވަރަކަށްވުމަށް ނަސޭހަތްތެރިވާ ކަމަށާއި، އިސްލާމްދީނަށް ލޯބިކުރާ، މައިން ބަފައިންނަށް ކިޔަމަންތެރިވާ އަދި އެކަކު އަނެކަކަށް އިހްތިރާމުކުރާ ބަޔަކަށް ދަރިވަރުން ވާން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އޯ ނޯ
ސަކަރާތެއް - 5 މަސް ކުރިން