"ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ގައުމީ ފުޓްސަލް ޓީމު ހޯދި ފަހުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭގައި ހަވާ އަރުވަން ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އަރުވަނީ މިރޭ 10:15 އާއި 10:45 އާ ދެމެދުގެ ވަގުތެއްގައި އާޓިފިޝަލް ބީޗާ ދިމާ ބޭރަށް ކަމަށެވެ.
ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް ތިން މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް އާޓިފިޝަލް ބީޗުގައި މިރޭ ކުލަގަދަ ހަފުލާއެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ.
"ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ތަށި ހޯދައިފައެވެ. މިއީ ސަރަހައްދީ ފުޓްސަލް މުބާރާތަކުން ރާއްޖެ ހޯދި ފުރަތަމަ ރަން ވަނައެވެ.
އަލީ ޔާމިން
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް