ސާފުން ބޭއްވި ތާރީހީ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.
ސާފުން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ރާއްޖޭން ކާމިޔާބުކުރީ މާ ބޮޑު ޗެލެންޖެއްވެސް ނެތިއެވެ. ހުރިހާ މެޗަކުން މޮޅުވި އިރު، ޕާކިސްތާން އަތުން 7-1 އިން މޮޅުވެ ރާއްޖެ ފެށީ ވަރުގަދަ ކޮށެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އިރު، ތިން ވަނަ މެޗުގައި، 5-0 އިން ވާދަވެރި އިންޑިއާ ބަލިކޮށް، ރާއްޖެ ތަފާތު ދެއްކިއެވެ.
އޭގެފަހުން އްޖޭން ދެން ކުޅުނީ ބޫޓާނާއި ނޭޕާލެވެ. އެ ދެޓީމުންވެސް ރާއްޖެއާ ދެކޮޅަށް ނުކުތީ ޑިފެންސިވް ކުޅުމެއްގައެވެ. އެހެން ނަމަވެސް އެ ދެމެޗުވެސް ރާއްޖޭން ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ. ނޭޕާލް އަތުން 2-1 އިން މޮޅުވި އިރު، ރާއްޖޭން ބޫޓާން ބަލިކުރީ 3-1 އިންނެވެ. މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު ރާއްޖޭން ހޯދީ އިއްޔެ ސްރީ ލަންކާ ކައިރިން 5-2 އިން މޮޅުވެގެންނެވެ.
އެ ތާރީހީ، ފަހުރުވެރި ކާމިޔާބީއާއެކު ޓީމަށް މަރުހަބާ ކިޔުމުގެ ހަރަކާތެއް މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ޓީމު ރާއްޖެ އައުމާއެކު ވީއައިޕީން ހާއްސަ މަރުހަބާއެއް ކިޔުމަށްފަހު، މާލެ އައުމާއެކު ލޮރީ ބުރެއް ރޭވިފައިވާ އިރު، ބޮޑު އިވެންޓް އޮންނާނީ އާޓިފިޝަލް ބީޗުގައެވެ. މިރޭ 9:30 ގައި އެ އިވެންޓް ބާއްވަން ނިންމައި، ރައްޔިތުންނަށް ދައުވަތު ދީފައިވާ އިރު، އިވެންޓް ކުރިއަށްދާނީ ހަވާ އެރުވުމާއެކުގައެވެ.
އާޓިފިޝަލް ބީޗުގައި ބާއްވާ އިވެންޓްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެެވެ.
މިނިސްޓަރު އަބްދުﷲ ރާފިއު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީގެ އިތުރުން ފުޓުބޯޅަ ޓީމުން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރުމުން، އެ ދެޓީމަށް ރައީސް ހާއްސަ ފައިސާގެ އިނާމެއް ދެއްވަވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެޓީމުގެ ކުޅުންތެރިންނަށް ދެވޭ ފައިސާގެ އިނާމު ދިނުމަށް، އެފްއޭއެމްއާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ތތައީސްވެ ޚާއްސަ އިނާމެކޭ ނުކިޔަ ސަރުކާރުގެ ޚާއްޞަ އިނާމެކޭ ކިޔާ ބަލަ އެއީ ރީތިގޮތް
އާދަމް - 5 މަސް ކުރިން