ކެނަބިސް ޓްރެފިކްކުރި މީހަކު 12 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކުރީ ހ. ފިނިފެންމާގެ އިބްރާހިމް ރިޒުނީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރި ކަމުގެ ދައުވާ ކުރީ، ހ. ފިނިފެންމާގޭގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އެ ގޭގައި އޭނާ އުޅޭ ތަން ބަލައި ފާސްކުރި އިރު އެތަނުގައި އޭނާ ނިދާ އެނދުކައިރީގައި ހުރި އަލަމާރި ތެރެއިން ނެގި ކަޅު ކުލައިގެން ދަބަހަކުން ކެނަބިސް ފެނިގެންނެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް ކޯޓުގައި އިއުތިރާފުވިއެވެ.
އެހެންކަމުން އޭނާގެ އަމިއްލަ އިއުތިރާފްގެ މައްޗަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑަ އަޅައި، 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަަލަށްލުމާ އެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް