ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައި ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީންގެ ގްރޫޕެއް ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ ހަ މީހެކެވެ. އެއީ އަފްޖަލް ހޮސައިން (31އ)، މުހައްމަދު އިމޮން ކަޒި (30އ) ހަބީބުއްރަހުމާން (35އ) ޔޫސުފް ޕްރޮދަން (30އ) ކަޒިން ރައިހާން (22) އަދި މުހައްމަދު ހަނީފް ބަޕަރީ (46އ) އެވެ.
އޭގެތެރެއިން މުހައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުހައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 22 ވަނަ ދުވަހެވެ. އަފްޖަލް ހޮސައިން އާއި ހަބީބުއްރަހްމާން ހައްޔަރުކޮށްފައިވަނީ ޖެހިގެން އައި ދުވަހެވެ. މުހައްމަދު ހަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 30 ވަނަ ދުވަހުގައެވެ.
ފުލުހުން އިއްޔެވަނީ އަފްޖަލް ހޮސައިން އަދި ހަބީބު ރަހުމާންގެ ބަންދުގެ މުއްދަތު ހަމަވާތީ މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރުކޮށްފައެވެ.
ކޯޓުންވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އެއީ ފުލުހުން، އެ މީހުންނާ ދެކޮޅަށް ކޮންމެ ވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާތީ އާއި އެ މީހުން ބަންދުން ދޫކޮށްލަައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދީފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް