ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް ކައިރިން ހޯދި މޮޅާއެކު، އޮޑި ސްޕޯޓްސް ކްލަބުން ދެވަނައިގައި މަގާމު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުން އޮޑި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އޮޑިން މިރޭ ކުޅުނު މެޗަކީ ޗެމްޕިއަންކަމާ ގާތުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް މުހިއްމު މެޗެކެވެ. މިރޭ އޮޑި ބަލިވި ނަމަ، މާޒިޔާއަށް ލީގު ޔަގީން ވާނެއެވެ.
ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް އޮޑި އަށް 16 މެޗުން 38 ޕޮއިންޓް ލިބިފައިވެއެވެ. ނިއުއިން ތިން ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އޮޑިން ލީޑުނެގިއެވެ. އެ ގޯލަކީ އައިހަމް އަހުމަދު (އައިހު) އަރިމަތިން ނަގައިދިން ބޯޅައަކަށް އޭރިއާތެރެއަށް އަރައި، ކިއާނޫ މާޝް ބްރައުން ބޮލުން ޖެހި ގޯލެކެވެ.
އޭގެ ހަމިނިޓް ފަހުން އޮޑިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ވިކްޓަރީގެ ނޭޕާލް ކީޕަރު، ކިރަން ކުމާރް ލިމްބޫ ފޮނުވާލި ބޯޅައެއް މިސްރާބު ގެއްލިގެން އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ލިބުމުން، އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޮޑީގެ ތިންވަަނަ ގޯލް ޖެހީ މުޒްދާން ހަސަނެވެ.
ދެވަނަ ހާފުގައި އޮޑީގެ އިތުރުން ވިކްޓްރީވެސް އެޓޭކްތަކަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ފެނިގެން ނުދެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު