ސަރުކާރުން އިއުލާންކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން އިއުލާނުކޮށްފައިވާ ގޯއްޗާއި، ފްލެޓަށް އެދި ކުރިމަތިލުމަށް އެމީހުންނަކީ މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނު ބައެއްކަމަށް ކަނޑައަޅައި، ލިޔުން ދޫކުރެވެން ނެތްކަމަށް ގދ. މަޑަވެލި ކައުންސިލުން ބުނެފިއެވެ.
"ބޯހިޔާވަހިކަމަށް އެންމެންނަށް" ސްކީމުގެ ދަށުން 15،000 ގޯއްޗާއި، 7،900 ފުލެޓަށް ކުރިމަތިލުމަށްވަނީ ހުޅުވާލައިފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި، ފްލެޓު ދޫކުރާނެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާ 3،000 ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން މާލޭގައި 15 އަހަރު ދިރިއުޅެފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތައް ހުށަހެޅިދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މަޑަވެލި ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމަށް ކުރިމަތިލުމަށް ހުޅުވާފަލި ފަހުން ރަށުގެ ވަރަށް ގިނަ ބަޔަކު، މާލޭގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ރިކޯޑެއް ބަލަހައްޓަމުންނުދާކަމަށް ކައުންސިލުން ބުންޏެވެ.
"އެހެންކަމުން، މި ކައުންސިލުން އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް މިފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ވާހަކަ ދަންނަވަމެވެ،" މަޑަވެލި ކައުންސިލުން ބުންޏެވެ.
އެގޮތަށް ނިންމަން ޖެހުނީ ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތުގެ އުސޫލުގައި ވާގޮތުން، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށްނުދެވޭ ލިޔުމަކަށްވާ ނަމަ، އެ ލިޔުމެއް ބަލައިނުގަނެވޭނެކަމަށް "ބޯހިޔާވަހިކަން އެންމެންނަށް" އުސޫލުގައި ބަޔާންކޮށްފައިވާތީކަމަށް މަޑަވެލި ކައުންސިލުން ބުންޏެވެ.
މުހައްމަދު އިޝާން
ގދ. މަޑަވެލި
ގދ. މަޑަވެލި
ގދ. މަޑަވެލި
ގދ. މަޑަވެލި
އަޖާބެއް ނުވާނެ. މާލެ އަށް ދިރިއުޅުން ބަދަލު ކުރާނީ ކޮންމެސް ބޭނުމަކު. މާލޭގަ ވަޡީފަ އަދާކުރާނަމަ އެވަޡީފާ އަދާކުރާ ތަނުން ލިޔުން ދޭނެ. ދަރިން މާލޭ ސްކޫލްގަ އުޅޭނަމަ ސްކޫލްތަކުން ލލިޔުން ދޭނެ. ދެން ކީކުރާ ކައުންސިލް ލިޔުމެއް ހޯދަން.
ބޯހިޔާވަހިކަން - 5 މަސް ކުރިން