ބާ މުސްހަފުތައް ނައްތާލަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުސްހަފްތަކާއި ކީރިތި ގުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާގެ ( صلى الله عليه وسلم ) ހަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ތަކެތި ބަލައިގަންނަ ތަންތަން:
- މާލެ: ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )
- ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
- ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
މާދަމާއިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 ތަކެތި ބަލައިގަންނާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް