މިމަހު 1 އިން ފެށިގެން 21ގެ ނިޔަލަށް މިހާތަނަށް 149،447 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،117 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މު މުއްދަތާ އަޅާބަލާއިރު 7 ޕަސެންޓްގެ ކުރި އެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ފަތުުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި ގައުމުތައް

  • ރަޝިޔާ - 21،798 ފަތުުރުވެރިން
  • އިޓަލީ - 16،364 ފަތުުރުވެރިން
  • ޔޫކޭ - 13،147 ފަތުުރުވެރިން
  • ޗައިނާ - 10،924 ފަތުުރުވެރިން
  • ޖަރުމަނު - 9،451 ފަތުރުވެރިން

މިއަހަރު މިހާތަނަށް ރާއްޖެއައި ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.