ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ، އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރު، އާމިނަތު ހަސަން (އައިންތު މިސް) އުމުރުން 58 އަހަރުގައި ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އައިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗުގައެވެ.

ކެންސަރު ބައްޔަށް އައިންތު މިސް ފަރުވާ ހޯއްދަވާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ދިވެހި އުނގަންނައިދެއްވުމުގައި 34 އަހަރު ހޭދަކުރައްވާފައިވާ އައިންތު މިސް ވަނީ މޯލްޑިވްސް މީިޑިއާ ކައުންސިލްގެ މެންބަރުކަމާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ރާއްޖޭގައި ޓީޗާސް އެސޯސިއޭޝަނެއް އުފެއްދުމުގައިވެސް އައިންތު މިސް އިސް ދައުރެއް އަދާކުރެއްވިއެވެ.

އައިންތު މިސް ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށްވެސް ވާދަކުރައްވައިފައެވެ.

އައިންތު މިސް ނިޔާވިއިރު ފިރިއަކާއި އަންހެން ދަރިއަކު ހުރެއެވެ.