އިޒްރޭލުން، ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އެޖެންސީތަކުގެ އިމާރަތްތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އިޒްރޭލުން ގަދަބާރުން ވެރިވެގަނެގެން އުޅޭ ގުދުސްގެ ޝެއިހް ޖައްރާގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިޔުއޭ، އަންރުވާ) އަށް އިޒްރޭލުން ވަނީ އަސްކަރީ ހަމަލާތަކެއް ދީފައެވެ.
އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލުގެ އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އެއީ ޔޫއެންގެ އިންސާނީ އެހީ ފޯރުކޮށްދޭ އެެޖެންސީތަކުގެ މަސައްކަތައް ހުރަސް އެޅިގެންދާ އަމަލެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުން، އަންރުވާގެ އިމާރާތަށް ދިން ހަމަލާގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުގެ ދިން އެ ހަމަލާއަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އަމުރުތަކާ ހިލާފުވުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ