ޔޫރަޕްގެ އެންމެ ބޮޑު އެމްބަސީ ޗައިނާއިން އިނގިރޭސިވިލާތުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޔޫރަޕް ސަރަހައްދުގައި ޗައިނާއިން ގާއިމުކުރުމަށް ހަމަޖެހިފައިވާ އެގައުމުގެ އެމްބަސީ ގާއިމުކުރުމަށް އިނގިރޭސިވިލާތުން ވަނީ ހުއްދަ ދީފައެވެ.
އިނގިރޭސިވިލާތުން އިއްޔެ ހުއްދަ ދީފައިވާ އިރު، ޗައިނާއިން އެމްބަސީ ގާއިމުކުރުމަށް ނިންމާފައިވަނީ ލަންޑަނުގައި ހުންނަ ޓަވާ އޮފް ލަންޑަން ކައިރީގައި ހުންނަ ދެ ގަރުނު ވެފައިވާ ރޯޔަލް މިންޓް ކޯޓްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސިވިލާތުގައި ޗައިނާގެ ބޮޑު އެމްބަސީއެއް ގާއިމުކުރުމަށް ހުއްދަ ދީފައިވާ އިރު، ޝަރުތުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނާގޮތުގައި ޗައިނާއިން ގާއިމުކުރުމަށް ނިންމާފައިވާ އެމްބަސީއަކީ މިހާރު އިނގިރޭސިވިލާތުގައި ހުރި ޗައިނާ އެމްބަސީއަށްވުރެ 10 ގުނަ ބޮޑު އެމްބަސީއެކެވެ.
ޗައިނާއިން ބޮޑު އެމްބަސީ ޔޫކޭގައި ގާއިމުކުރުމަށް ނިންމާފައިވާ އިރު، އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު ގްރީންލޭންޑުގެ މައްސަލައިގައި މަޝްރަހު ގޯސްވެފައިވަނިކޮށް އިނގިރޭސިވިލާތުން ޗައިނާއާއެކު ޑިޕްލޮމެޓިކް ގުޅުން މިވަނީ އިތުރަށް ހަރުދަނާވެފައެވެ.
މުހައްމަދު އައުޒަމް
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ