ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވެފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިންނެވެ. އެއީ 127،486 ފަތުރުވެރިންކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.
ތަފާސްހިސާބުގައިވާ ގޮތުން މާފަރު އެއާޕޯޓުން 514 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.
މާފަރު އެއާޕޯޓަކީ، ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ޖެޓުތައް ޖައްސަމުންދާ އެއާޕޯޓެކެވެ. ތަފާސްހިސާބުގައިވާ ގޮތުން މި އަަހަރުގެ މިހާތަނަށް މާފަރު އެއާޕޯޓަށް ވަނީ 200 އަށްވުރެ ގިނަ ޖެޓު ޖައްސައިފައެވެ.
ޕީކް ސީޒަން ނިމޭ އިރު، މާފަރު އެއާޕޯޓުގެ ޖެޓު މޫވްމަންޓް 800އަށް އަރާނެކަމަށް ތަފާސްހިސާބުގައި ވަނީ ބަޔާންކޮށްފައެވެ.
މުހައްމަދު އިޝާން
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް