މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އޮބްޒަވޭޓަރީއެއް ގާއިމުކުރަން ނިންމައި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެންޑް ސާވިސް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއެވެ. މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްއެމްއެސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި، އާ "ވެދާ އޮބްޒަވޭޓަރީ" އެއް ގާއިމް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އަދި އެމްއެމްއެސް އިން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދޭނެއެވެ.
"ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި އެއާޕޯޓް އޮޕަރޭޝަންތަކަށް މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް، މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ ގޮތަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން މި ވަނީ ލިބިފައި." މޯލްޑިވިއަނުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހިދު ވިދާޅުވީ "އޭވިއޭޝަން ވެދާ"ގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އެއާޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާވެ، ރާއްޖޭގެ އޭވިއޭޝަން އަދި ޓޫރިޒަމްގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރަށް ދަތުރުކުރާ މައި ދޮރާށިއެވެ.
އިންޓާނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެމަތިން، އޭވިއޭޝަން މީޓިއޮރޮލޮޖިކަލް ސާވިސަސް ތައާރަފްކުރުމަކީ، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ހިދުމަތެކެވެ.
ފާތިމަތު ލިއުޝާ
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް