ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް ކައިރިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ޓީސީން ގްރީން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޓީސީން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ހަތް ވަަނައިގައެއެވެ. އެއީ 15 މެޗުން 12 ޕޮއިންޓާ އެކުގައެވެ. އަށް ވަަނައިގައި އޮތް ގްރީން ސްޓްރީޓްސްއާއި ނުވަ ވަނައިގައި އޮތް ކްލަބް ވެލެންސިއާއަށް 15 މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އޮތީ ހަތް ޕޮއިންޓެވެ.
ޓީސީން އިއްޔެ ކުޅުނު މެޗުގައި ދެ ގޯލްވެސް ޖެހީ ދެވަނަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ގޯލް، 60 ވަނަ މިނިޓްގައި ގާނާ ފޯވާޑް ޕްރިންސް ބޯޑޫގެ އެސިސްޓަކުން ހުސެއިން ޝަރީފް (ހުސީ) ޖެހި ގޯލެކެވެ.
ޓީސީން ދެ ވަނަ ގޯލް ޖެހީ މެޗުގެ 74 ވަނަ މިނިޓްގައެވެ. އެ ގޯލް ޖެހީ މުހައްމަދު ދާނިޝް އިބްރާހިމެވެ. އޭނާ ގޯލް ޖެހީ ކީޕަރު ނައްޓާލައިފައެވެ.
ޓީސީން މިވަގުތު މަސައްކަތް ކުރަނީ ރެލިގޭޝަނުން ސަލާމަތް ވުމަށެވެ. މިފަހަރު ލީގުގެ ފުލުގައި އޮންނަ ދެޓީމު ރީޖަނަލް ލީގުގެ މާލެ ލީގަށް ވެއްޓޭ އިރު، ލީގުގެ ހަތްވަނަ އާއި އަށްވަނަ ޓީމު ކުޅޭނީ ލީގުގެ ކޮލިފިކޭޝަން ޕްލޭ އޮފް ބުރުގައެވެ. އެއީ ރީޖަނަލް ޗެމްޕިއަނުންނާއެކުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު