މޮރޮކޯގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތިންވަނަ މަގާމު، ނައިޖީރިއާއިން ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗު އިއްޔެ ކުޅެފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު މެޗު އޮތީ 0-0 އިން އެއްވަރުވެފައެވެ. މެޗު ޕެނަލްޓީގައި ނައިޖީރިއާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނައިޖީރިއާގެ ކީޕަރު ސްޓެންލޭ އެންވަބަލީ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.
ފުރިހަމަ ވަގުތުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ގޮސްފައިވެއެވެ. ނައިޖީރިއާގެ އަކޯރް އެޑަމްސް ކުރީކޮޅުގައި އުފެއްދި ހަމަލާ، މިސްރުގެ ކީޕަރު މުސްތަފާ ޝޮބޭރް މަތަކުރި އިރު، އަނެއްކޮޅުން މުހައްމަދު ސަލާހްގެ ހަމަލާ މަތަކުރީ ނައިޖީރިއާ ކީޕަރެވެ.
ނައިޖީރީގެ ސަމެއުލް ޗުކުވޭޒީއާއި އެޑެމޯލާ ލުކްމަން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެ ދެފަހަރުވެސް އޮފްސައިޑާ ހެދި ނައިޖީރިއާއަށް ލީޑެއް ނުނެގުނެވެ.
މިސްރުންވެސް އިތުރު ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، އޮމަރް މަރްމޫޝްގެ ހަމަލާއެއްވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.
ޕެނަލްޓީއަށް ގޮސް، ފައިސަޔޯ ޑެލޭ-ބާޝިރާއި ސަލާހްގެ އިތުރުން މަރްމޫޝްގެ ޕެނަލްޓީތައްވެސް ނައިޖީރިއާގެ ކީޕަރު އެންވަބަލީ މަތަކުރި އިރު، ނައިޖީރިއާގެ އެޑަމްސް، މޯސެސް ސިމޮންގެ އިތުރުން އެލްކް އިވޯބީއާއި ލުކަމްގެ ޕެނަލްޓީ ކީޕަރު މަތަކުރިއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން