ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ބުރު ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.
ލީގު ނިމުމަކާ ގާތަށް ދާއިރު، އިއްޔެގެ ނަތީޖާއާއެކު ބުރުން ތިންވަނައަށް ޖެހިލީ 15 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް 14 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ފަރަގަކީ ޖެހި ގޯލުގެ ތަފާތެވެ. ނިއުއިން މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އަލުން ތިން ވަނަ އަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ވިކްޓްރީން ހަވަނައިގައި އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 21 ޕޮއިންޓާއެކުގައެވެ.
އިއްޔެ ކުޅުނު މެޗުގެ 44 ވަނަ މިނެޓުގައި ވިކްޓްރީން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ މިލޯސް ލަކްނީއެވެ. ސްލޮވާކިއާ ފޯވާޑް އެ ގޯލް ޖެހީ ކޯނަރަކަށް ކުރިއަށް އަރައި، ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އެ ގޯލާއެކު ގިނަ ވަގުތުތަކެއް ވަންދެން ވިކްޓްރީ ލީޑުގައި އޮތް ނަމަވެސް، އެޓީމު ކޮޅަށް ބުރުން ގޯލް ޖެހީ 88 ވަނަ މިނެޓުގައެވެ. އެއީ ބަދަލަކަށް އެރި އަބްދުﷲ ޔާމީން (ޔާނު) އެވެ. ޔާނު ވަނީ އެންމެފަހުން ތިން މެޗުގައިވެސް ބަދަލަކަށް ނުކުމެ ގޯލް ޖަހައިފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު