މާލެއިން ފުރައިގެން 72 މީހުންނާއެކު ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއް ކ. އެނބޫދޫ ފަރަށް އަރައިފިއެވެ.
މެރިން ފުލުހުން މިއަދު ބުނީ މިއަދު 11:24 އެހާކަންހާއިރު މާލެއިން މާފުއްޓަށް ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރާފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. މެރިން ފުލުހުން ބުނީ އެ ފެރީ ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ.
އެ އުޅުނދު ދަތުރުކުރީ 67 ފަތުރުވެރިންނާއި، ތިން ދިވެހިން އަދި ދެ ބިދޭސީންކަމަށް މެރިން ފުލުހުން ބުންޏެވެ.
މެރިން ފުލުހުން ބުނީ އެ ހުރިހާ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް