މުވައްޒަފުންގެ ރިޓާޔަމެންޓް ޕެންޝަނަށް ފައިސާ ގަވާއިދުން ޖަމާނުކުރެވެނީ، އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ލިބިފައިނުވާތީކަމަށް ވެމްކޯއިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބެއްގައި ވެމްކޯއިން ބުނެފައިވަނީ މުވައްޒަފުންގެ ރިޓާޔަމެންޓް ޕެންޝަނަށް 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާނުކުރާ ކަމަށެވެ.
ވެމްކޯޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރައާއި، މުވައްޒަފުންގެ އެލެވެންސްތައް ދެމުންދަނީ ކުންފުންޏަށް ލިބެމުންދާ އާމްދަނީއާއި، ސަރުކާރުގެ ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ.
"ނަމަވެސް، އެކި ފަރާތްތަކުން މި ކޯޕަރޭޝަނުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމެވެ" ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ހޯދާފައިވާ ހިދުމަތްތަކަށް މާލޭ ސިޓީ ކައުންސިލުން އެކަނި 98 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ވެމްކޯއިން ބުންޏެވެ. އެ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށްވެސް ކުރަމުންދާކަމަށް ވެމްކޯއިން ބުންޏެވެ.
އަދި ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ދިމާވާތީ އެކަން ހައްލުކުރުމުގެ ގޮތުން ޕެންޝަން އޮފީހާއެކު މަޝްވަރާކުރަމުންދާކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ އެ ދަތިތައް ދިމާވި ނަމަވެސް މުވައްޒަފުންގެ ޕެންޝަން ފައިސާ އަވަސް މުސްތަގުބަލެއްގައި ޖަމާކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މުހައްމަދު އިޝާން
ވެމްކޯ
ވެމްކޯ
ވެމްކޯ އެމްގީ ސިޓީކައުންސިލްގަ ހުރި ދުވަސްތަކުގަ ތިފައިސާ ނުދައްކާ އޮތީމަ ތިހެންތި ދިމާވީ، ތިކަމުގެ ޒިންމާ ނަގަމްކެހޭނީވެސް ހަމަ ތިމުޖޭ
ކުނިބެ - 5 މަސް ކުރިން
ކޮންފައިސާއެއްބާ ނުލިބެނީ. ކޮންމެ ކަރަންޓު ބިލަކަށް 150 ރުފިޔާ އެބަ ދަމައިގަނޭ. ކޮންމެ ކުނި އުކާ އުޅަނދަކުން އެވަރަށް އަގުނަގާ، ޖެޓީތަކަށް ފައިސާ އެބަ ނަގާ، ކުނީގެ ގޮތުގައި އެއްލާލާ އެއްޗެއް އެވަރު އަގެއްނަގާފަ އެއްލާލަަނީ، މިހާރު ޕްލާސްޓިކު ފުޅި އެކްސްޕޯރޓްކުރަނއުޅެނީ....ކޮރަޕްޝަްން ބޮޑީ ދެއްތޯ!
ކުލުނު - 5 މަސް ކުރިން