ހުޅުމާލޭގައި މި ފަހުން ހުޅުވި މެންހެޓަން ސިޓީ ހޮޓާ ކައިރީގައި ހުންނަ ވެމްކޯ ކުނި ސެންޓަރު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވެމްކޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެޗްޑީސީން ކުނި ކޮށި ބަދަލުކުރާނެ އެެހެންތަނެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އެ ބޭފުޅުން (އެޗްޑީސީ) އިން ތަނެއް ދެއްކިހާ އަވަހަކަށް ރީލޮކޭޓުރުމަށް. ފޭސް ތިނެއްގެ ސަރަހައްދަކާ މަޝްވަރާ އެބަ ކުރެވޭ" އޮފިޝަލު ވިދާޅުވިއެވެ.

ހަވާ އެރުމާއެކު ކުލަ ގަދަ ރަސްމިއްޔާތެއްގައި މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވީ، މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓަލަކީ 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލެއް ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު އެއް ހޮޓަލެވެ.

އެ ހޮޓާ ތަރައްގީކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.