ފުރަތަމަ ފަހަރަށް ސާފުން ބާއްވާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އިންޑިއާ ކައިރިން ބަލިވެއްޖެއެވެ.

ސާފް އަންހެން ފުޓްސަލް މުބާރާތް މިއަދުން ފެށިގެން މިމަހު 27 އަށް ތައިލެންޑުގެ ނޮންތަންބުރީގައި ކުރިއަށްދާ އިރު، މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ.

މުބާރާތުގައި ރާއްޖެއާއި އިންޑިއާގެ އިތުރުން ވާދަކުރަނީ ނޭޕާލާއި ޕާކިސްތާންގެ އިތުރުން ބޫޓާން އަދި ސްރީ ލަންކާއާއި ބަންގްލަދޭޝްއެވެ. ލީގު އުސޫލުން މެޗުތައް ކުޅެ ޗެމްޕިއަން ޓީމު ކަނޑައެޅިގެން ދާނީ ތާވަލަށް ބަލައިގެންނެވެ.

ރާއްޖޭން މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 11-1 އިންނެވެ. އެމެޗުގައި އިންޑިއާގެ ހުޝްބޫ ސަރޯޖް ހަތަރު ގޯލް ޖެހި އިރު، ރިތިކާ ސިންހް، ސޮނާލީ މޮންޑާލް، ނިޝްކާ ޕަރްކާޝް ކޮންމެ ކުޅުންތެރިޔަ ދެ ގޯލް ޖެހިއެވެ.

އޭގެ އިތުރުން މިތިލާ ރަމާނީވެސް ގޯލް ޖެހި އިރު، ރާއްޖޭގެ ގޯލްކީ މަރިޔަމް ނޫރާ ނަގައިދިން ކޯނަރެއްގައި އަޗޮމް ޑިއޭގޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިއަދުގެ މެޗަކީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗަށް ތައްޔާރުވުމަށް އިންޑޯއަށް ލިބުމުގެ ދަތިތައް ޓީމަށް ދިމާވެފައިވެއެވެ.

ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި މިމހުގެ 15 ވަނަ ދުވަހު ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.