އެމްޑަބްލިޔުއެސްސީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އެކުންފުނީގެ ފެންވަރު އިތުރަށް ރަގަޅުކުރުމަށް އަމާޒުކޮށް މިއަހަރުގެ މަސައްކަތްތަށް ފަށައިގަތުމަށް "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" ބާއްވައިފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ ފޯރަމްގައި ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖްމަންޓް ޓީމް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެފޯރަމްގައި، މިއަހަރުގެ ބިޒްނަސް ޕްލޭން ތައާރަފުކޮށްފައިވާނެ ކަމަށާއި، އަދި އެ ޕްލޭން ތަންފީޒުކޮށް، ނަތީޖާ ނެރުމަށް ދިމާވާނެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އަދި އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ ބެހޭގޮތުންވެސް ފޯރަމުގައި މަޝްވަރާކޮށްފައިވާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ކުންފުނީގެ ސްޓްރެޓީޖިކް މިސްރާބު ބިނާކޮށްފައިވަނީ ހަރަދުކުޑަކުރުމުގެ އިތުރުން، ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އެކި ދާއިރާތަކަށް ފުޅާކުރަންކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭ ފެނުގެ ހިދުމަތްނޫން އެހެން ދާއިރާތަކަށް ހިދުމަތް ފުޅާކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމަށް ކުންފުނީގެ މުވައްޒަފުން އެކުގައި މަސައްކަތް ކުރުމަކީވެސް ކުންފުނީގެ އެއް ސްޓްރެޓީޖިކް މިސްރާބުކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

13 ޖެނުއަރީ 2026: އެމްޑަބްލިޔުއެސްސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" --- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމްގެ ސަބަބުން، އެމްޑަބްލިޔުއެސްސީގެ ރޭވުންތަކާއި، މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރިއަރުވައި، އޭގެ މަންފާއާއި ލާބަ ކުންފުނީގެ އިތުރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒުކޮށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.