ހއ. ދިއްދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން އިއްޔެ މީޑިޔާތަކަށް ބުނީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 18 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މުޖުތަމައަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ ލެއިވް އައިރިކްސަން ބޭނުންކޮށްގެން ދިއްދޫ އެއާޕޯޓުގެ ބިން ހިއްކަން ފެށީ މިމަހުގެ ހަ ވަނަ ދުވަހުގައެވެ.
އެ ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރަޖަރެއް ކަމަށާއި އެ ޑްރެޖަރަކީ ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލުން މީގެ ކުރިން ބުނެފައިވެއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.
ފާތިމަތު ލިއުޝާ
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ