ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ވުލްވްސްބާގު ކޮޅަށް އަށް ގޯލް ޖަހައިގެން ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.
ބަޔާނުން މިވަގުތު ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތީ 16 މެޗުން 44 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ބްރޫޝިއާ ޑޯޓްމުންޑް، 16 މެޗުން 33 ޕޮއިންޓާއެކު އޮތް އިރު، ބަޔާން އޮތީ 11 ޕޮއިންޓްގެ ލީޑެއްގައެވެ.
ރޭ ބަޔާނުން އަމިއްލަ ދަނޑުގައި ވުލްވްސްބާގު ކައިރިން 8-1 އިން މޮޅުވި އިރު، ވުލްވްސްބާގުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ދެ ގޯލް ވަދެފައިވެއެވެ. އެއީ ކިލިއަން ފިޝާއާއި މޮރިޓްޒް ޖެންޒް އަތުން ބައިކޮޅަށް ވަން ގޯލްތަކެކެވެ.
ބަޔާންގެ މައިކަލް އޮލީސޭގެ ދެ ގޯލް މެޗުގައި ފެނުނު އިރު، ދެން އަނެއް ގޯލްތައް ޖެހީ ލުއިސް ޑިއާޒާއި ރަފޭލް ގޮރޭރޯ، ހެރީ ކޭންގެ އިތުރުން ލެއޮން ގޮރެޓްޒްކާއެވެ.
މެޗުގައި ވުލްވްސްބާގުގެ ހަމައެކަނި ގޯލް ޖެހީ ޒެނަން ޕެޖްސިނޮވިޗެވެ.
ރޭގެ މެޗަކީ ބަޔާން ކޯޗު ވިންސެންޓް ކޮމްޕެނީއަށް ހާއްސަ މެޗެކެވެ. އެމެޗަކީ އޭނާ ބަޔާންގެ ކޯޗުކަމާ ހަވާލުވުމަށްފަހު އިރުޝާދު ދިން 50 ވަނަ މެޗެވެ. އެމެޗުން މޮޅުވެ، ލީގުގައި ލީޑު ފުޅާކުރެވުމަކީ ބޮޑު ހިތްހަމަ ޖެހުމަކަށްވާނެއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ