ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުގެ ސީ ޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފިއެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނީ އާ ޓާމިނަލުގެ ސީ ޕްލޭން ޗެކިން އޭރިއާއަކީ ޖާގަ ތަނަވެސް ތަނެއް ކަމަށެވެ. އަދި އެއީ ޕަސެންޖަރުންނަށް ހިތްފަސޭހަކަމާއެކު ބޭނުން ކުރެވޭ ފަދަ ގޮތަކަށް ހަދާފައިވާ ތަނެއް ކަމަށެވެ.
އޭސީ ކޮށްފައިވާ އެތަނަކީ ޕަސެންޖަރުންނަށް ފަސޭހަކަމާއެކު އަދި ހަމަޖެހިލައިގެން ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގައި ސީޕްލޭން ކައުންޓަރުތައް ހުޅުވީ، އެރައިވަލް ގޭޓާ ޖެހިގެން އޮތް ހިސާބުގައި ކަމަށެވެ.
މުހައްމަދު އިޝާން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް