ދިރާގު ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހިލޭ ސްމާޓް ކެމެރާ އާ އެކު ކޮންމެ ހަފުތަކާއަކު 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ ހަލުވި ފައިބާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި ސްމާޓް ހޯމް ސޮލިއުޝަންތަކާއި ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެކުންފުނިން ބުނީ އެ ޕްރޮމޯޝަން މެދުވެރިކޮށް ދިރާގު ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ހިދުމަތް ހޯދާ ފަރާތްތަކަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ 'އިންޑޯ ސްމާޓް ކެމެރާ' އެއް ލިބޭނެއެވެ.

"އަދި 50 އެމްބީޕީއެސް އިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް މުޅިން ހިލޭ ލިބިގެންދާނެ. މިހާރު ވެސް ލިމިޓެއްނެތް ފައިބަ ބޭނުންކުރައްވާ ކަސްޓަމަރުންގެ ތެރެއިން، މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ވެސް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ހިލޭ ލިބޭ." ދިރާގުން ބުންޏެވެ.

ހިލޭ ލިބޭ ކެމެރާގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއްނެތް ފައިބަ ހިދުމަތް އަލަށް ހޯދާ ފަރާތްތަކާއި، ހިދުމަތް އަޕްގްރޭޑް ކުރާ ހުރިހާ ކަސްޓަމަރުން ކޮންމެ ހަފުތާއަކު ބާއްވާ ހާއްސަ ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. މި ކެމްޕޭނުގެ ތެރޭގައި ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބިގެންދާނެއެވެ.

މިއީ ދިރާގު ކަސްޓަމަރުންނަށާއި އަދި އަލަށް އެ ހިދުމަތް ހޯދާ ފަރާތްތަކަށް ހަލުވި ސްޕީޑުގެ އިންޓާނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.